ސާފިން ސްޓޭޑިއަމްގެ މަސައްކަތް ވައުދުފުޅާ އެއްގޮތަށް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސާފިން ސްޓޭޑިއަމްގެ މަސައްކަތް ވައުދުފުޅާ އެއްގޮތަށް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ސަރުކާރުން ތަރައްޤީކުރަމުންދާ ބައިނަލްއަގްވާމީ ފެންވަރުގެ ފުރަތަމަ ސާފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތްތައް އެންމެ ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މި މަޝްރޫއު ލަސްތަކެއް ނުވެ ނިންމަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން މި ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކަނޑައެޅިފައިވާ އަމާޒަށް ނިންމުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މި މަޝްރޫއުގެ އިތުރުންވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކުޅިވަރުތަކަށް ބޭނުންވާ ޒަމާނީ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ފަށާފައިވާ އެހެނިހެން މަޝްރޫއުތައްވެސް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސާފިން ދާއިރާއަށް ބޮޑު ކުރިއެރުމަކާއި އިންގިލާބީ ބަދަލެއް ގެނުވާނެ ކަމަށް ބެލެވޭ މި ސްޓޭޑިއަމް ޑިޒައިންކޮށް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން އާއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ސޮއިކޮށްފައިވަނީ 18 އެޕްރީލް 2024 ގައެވެ. މި މަޝްރޫއު ނިމުމުން، ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން