ކޮންމެ އަތޮޅެއްގައި ކްލެސިފަޔަރުން ތަމްރީނުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: ޢަބްދުﷲ ރާފިޢު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކޮންމެ އަތޮޅެއްގައި ކްލެސިފަޔަރުން ތަމްރީނުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: ޢަބްދުﷲ ރާފިޢު

2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން ސެޓިފައިޑް ދެ ކްލެސިފަޔަރުން ބިނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރަހައްދީ ޤައުމުތަކަށް އަމާޒުކޮށް ރާއްޖޭގައި ފެށި "ރީޖަނަލް ކްލެސިފިކޭޝަން ވޯކްޝޮޕް" އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ވޯކްޝޮޕަކީ ސަރުކާރުގެ ޕެރަ ކްލެސިފިކޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކޮށިގެންދާ މުހިންމު މަގެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ކުރިއަށް އޮތް އަހަރުތަކަށް ރާވާފައިވާ ވަރުގަދަ މަގުޗާޓެއް ކަމަށެވެ. އަދި މިއީ ގިނަ ދުވަސްތަކެއްވީ ހުވަފެނަކަށް ވުމާއެކު، މާތް މަޤްސަދެއް ހާސިލުކުރުމަށްޓަކައި ފެށުނު މުހިންމު މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސްކޫލްތަކާއި ސިއްހަތާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތް ހަބް އުފެއްދުން ހިމެނެއެވެ.

މީގެއިތުރުން، ކޮންމެ އަތޮޅަކަށްވެސް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، 2030 ގެ ނިޔަލަށް މުޅި ރާއްޖެ އެއްކޮށް ކަވަރުވާނެހެން މި ނިޒާމު ފުޅާކުރުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން