ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ ކުއްޖެއްގެ ހާލު ސީރިއަސް، އޮޕަރޭޝަން ކުރިއަށްދަނީ

ކިޔުމަށް ހޭދަވާނީ 1މ 6ސ
ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ ކުއްޖެއްގެ ހާލު ސީރިއަސް، އޮޕަރޭޝަން ކުރިއަށްދަނީ

މާފަންނު ނަލަހިޔާ ކައިރީގައި ހަދަމުން އަންނަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ އަންހެން ކުއްޖަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާގެ ހާލު ވަރަށް ސީރިއަސްވުމުގެ ސަބަބުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރު ދަނީ އެކުއްޖާގެ ސާރޖަރީއެއް ހަދަމުންނެވެ.

 

މިހާދިސާގައި އަނިޔާވި ކުއްޖާ މިހާރު ވަނީ އެމަޖެންސީކޮށް ތިއޭޓަރަށް ވައްދާފައި ކަމަށާއި ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުއްޖާއަށް ލިބިފައިވާ އަނިޔާތައް އަދި ހާމަކޮށްދެވެން ނެތް ކަމަށް އައިޖީއެމްއެޗް އިން ވަނީ މައުލޫމާތު ދީފައެވެ.

 

     

 

މިއަދު ހެނދުނު ހިނގި މިހިތާމަވެރި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. މިހާދިސާގެ ވީޑިއޯ ކްލިޕްތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެވީޑިއޯއިން ފެންނަ ގޮތުގައި، ކުޑަ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައި ވަނީ ހަދަމުން ދިޔަ އިމާރާތެއްގެ ކައިރިން އެކުއްޖާ ހިނގާފައި ދަނިކޮށެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް އެކުއްޖާ ގެންގޮސްފައިވަނީ މިއަދު ހެނދުނު 11:15 ހާއިރެވެ.

ސިމެންތި ބަސްތާ ވެއްޓުނު އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ ޑަބްލިޔު ކޮންސްޓްރަކްޝަނުންނެވެ.

މިއަދު އޮންލައިން