ސިމްޑި ގްރޫޕަށް އެއާޕޯޓަކާ 3 ރިޒޯޓް ތަރައްޤީކުރަން ހަވާލުކުރި އެއްބަސްވުން ބާޠިލުކުރި މައްސަލަ ކޯޓުގަ 5 އަހަރު- އަދިވެސް ހުކުމުގެ އިންތިޒާރުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ސިމްޑި ގްރޫޕަށް އެއާޕޯޓަކާ 3 ރިޒޯޓް ތަރައްޤީކުރަން ހަވާލުކުރި އެއްބަސްވުން ބާޠިލުކުރި މައްސަލަ ކޯޓުގަ 5 އަހަރު- އަދިވެސް ހުކުމުގެ އިންތިޒާރުގަ!

2013 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ސިމްޑި ގްރޫޕަށް އެއާޕޯޓަކާ 3 ރިޒޯޓް ތަރައްޤީކުރަން ހަވާލުކުރި އެއްބަސްވުން ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެން ބާޠިލުކުރެއްވި މައްސަލަ ކޯޓުގައި އޮންނަތާ 5 އަހަރު ވީއިރުވެސް ހުކުމުގެ އިންތިޒާރުގެ އިންތިޒާރުގައި ތިބެންޖެހިފައިވާތީ ސިމްޑީ ގްރޫޕުގެ ޗެއާމަން އިބްރާހީމް މުޙައްމަދު ދީދީ އެކަން ސަމާލުކަމަށް ގެންނަވައިފިއެވެ.

އިބްރާހީމް މުޙައްމަދު ދީދީ ވަނީ އަޅުގަނޑުމެން ިރިއުޅެމުން މިދަނީ ކޮން ފަދަ ދުނިޔެއެއްގައި ކަމާއިމެދު ވެސް ސުވާލުކުރައްވައިފައެވެ. އެއްބަސްވުމުގައި ސޮއިކުރި ފޮޓޯ ޓްވީޓާއިއެކު ވަނީ އެޓޭޗްކުރައްވާފައެވެ. އެއްބަސްވުމުގައި އެއިރުގެ ސަރުކާރުން ސޮއިކުރެއްވީ އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބް އާއި އެއިރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް ޔާމީނާއި އުއްތަމަ ފަނޑިޔާރު ވިދާޅުވަމުން ގެންދެވީ ވިޔަފާރި އާއި ބެހޭ މައްސަލަތައް ގިނަ ވެގެން 6 މަސް ދުވަހުގެ ތެރޭގައި ނިންމޭނެ އިންތިޒާމު ހަމަ ޖެހި އަމަލުކުރެވެމުން އަންނަ ކަމަށެވެ. ޤިޔާމަތް ދުވަހަކީ 50،000 އަހަރުގެ 1 ދުވަހެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ 6 މަސް ދުވަހުގެ މުއަދަތު މިވަނީ ނުއެނގިފައެވެ.

މިއަދު އޮންލައިން