މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކު ނިޔާވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކު ނިޔާވެއްޖެ!

ހއ. ދިއްދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް މޫދަށް އެރި އުޅުނު އުމުރުން ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ. 

 

މިހާދިސާގައި ނިޔާވެފައިވަނީ ހދ. ނޮޅިވަންފަރު އަހުމަދު ޝިފާނެވެ. ޝިފާންގެ ހަށިގަނޑު މިވަގުތު އޮތީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން ހއ. އަތޮޅު ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައި އެވެ.

 

މި ހާދިސާއާ ގުޅިގެން މިއަދުނޫހުން ފުލުހުންގެ މީޑިއާ އޮފިޝަލަކާ ސުވާލުކުރުމުން ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް، ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ފުލުހަށް ލިބިފައި ނުވާކަމަށެވެ. އަދި މައުލޫމާތު ލިބުނުހާ އަވަހަކަށް މީޑިއާއަށް ހިއްސާކުރައްވާނެ ކަމަށް ވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ލިޔުނީ: ޒިދާން މުޙައްމަދު

މިއަދު އޮންލައިން