މާލެ ސިޓީގައި މަސައްކަތްކުރާ 102 ސައިޓު ޗެކް ކުރުމަށްފަހު މިނމިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިއްޔެ ބުނެފައިވަނީ 102 ސައިޓުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ 25 ސައިޓުގައި ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ 70 ސައިޓެއް އިތުރަށް ޗެކްކުރަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭ 7 ސައިޓު އެބަހުރި ކަމަށެވެ. މާލޭގައި އިމާރާތްކުރާ ސައިޓުތަކާއި އިމާރާތްކޮށްފައިވާ ތަންތަނުގެ ކަންކަން އެއްވެސް ވަރަކަށް ނުބަލަހައްޓައި ދިގު މުއްދަތެއް ފާއިތުވުމުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެފައިވާކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.
އެގޮތުން ފާހަގަކުރާ ކަންކަމުގެ ތެރޭގައި ދިޔަދޮވީގެ ފެން މަގުމައްޗަށް ދޫކޮށްލާފައި އޮތުމާއި އެއާކޮންޑިޝަންތަކުން މަގު މައްޗަށް ފެން ފައިބާ ގޮތަށް ފެންހޮޅި މަގުމައްޗަށް ދޫކޮށްލާފައި އޮތުން ފަދަ ގިން ކަންތައްތަކެއް ދަނީ ފާހަގަކުރަމުންނެވެ.