އިއްޔެ ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް އާއި ނައިބު ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 49ސ
އިއްޔެ ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް އާއި ނައިބު ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިއްޔެ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި ނިޔާވި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ފިރިހެން ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

 

ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިހާރު އެއަތޮޅަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ހދ. ނޮޅިވަރަންފަރަށް ވަޑައިގެން، ނިޔާވި ކުއްޖާގެ އާއިލާއާ ބައްދަލުކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ތައުޒިޔާ ދަންނަވާފައެވެ.

 

އިއްޔެގެ އެހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން ފަސް އަހަރުގެ އަޙުމަދު ޝިފާން ނަމަކަށް ކިޔާ ކުއްޖެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވެފައިވަނީ އޭނާގެ އާއިލާއާއިއެކު ދަތުރުގޮސް، މޫދަށް އެރި އުޅުމުގެ ތެރޭގައި، ގެނބިގެންނެވެ.

މިއަދު އޮންލައިން