ސައުދިއަރަބިޔާގެ ތައުލީމަށް އިންޤިލާބީ ޚިދުމަތްތަކެއް ކޮށްދެއްވި ޕްރިންސް ޠަލާލް އަވަހާރަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސައުދިއަރަބިޔާގެ ތައުލީމަށް އިންޤިލާބީ ޚިދުމަތްތަކެއް ކޮށްދެއްވި ޕްރިންސް ޠަލާލް އަވަހާރަވެއްޖެ!

ސައުދިއަރަބިޔާގެ ތައުލީމަށް އިންޤިލާބީ ޚިދުމަތްތަކެއް ކޮށްދެއްވި ޕްރިންސް ޠަލާލް ބިން ޢަބްދުލްޢަޒީޒް އަވަހާރަވެއްޖެއެވެ. ޕްރިންސް ޠަލާލް ބިން ޢަބްދުލްޢަޒީޒް އަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ބޭބޭފުޅެވެ. 

 

ޕްރިންސް ޠަލާލް ހޮނިހިރު ދުވަހު އަވަހާރަވުމުން އެކަން ހާމަކުރެއްވީ ދަރިކަލުން ޢަބްދުލްޢަޒީޒް ބިން ޠަލާލް ސޯޝަލް މީޑިއާގައި ކުރެއްވި ޓްވީޓަކުންނެވެ. ކަށުނަމާދުކުރުން އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު އިމާމް ތުރުކީ މިސްކިތުގައެވެ. 

 

ޕްރިންސް ޠަލާލް ފާހަގަކުރެވިފައިވަނީ ސައުދިއަރަބިޔާގެ ތައުލީމަށް އިންޤިލާބީ އިޞްލާޙްތަކެއް ގެނެސްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ސައުދީގެ ފުރަތަމަ ވޮކޭޝަނަލް ޓްރޭނިންގ އިންސްޓިޔުޓާއި އަނހެންކުދިންނަށް ޚާއްޞަކޮށްގެން ހުޅުވި ފުރަތަމަ ސްކޫލްގެ ބާނީ އަކީ ޕްރިންސް ޠަލާލް އެވެ. 

 

ޕްރިންސް ޠަލާލް އަކީ އިޖުތިމާޢީ ޚިދުމަތްތެރިއެކެވެ. މަޝްހޫރު ބިލިއަނަރު ޕްރިންސް ވަލީދަށް އިޖުތިމާޢީ ޚިދުމަތް ކުރެއްވުން ވާރުތަވީ ބައްޕާފުޅުގެ އަރިހުން ކަމަށް ބެލެވެއެވެ. 

 

ކޮމިޔުނިކޭޝަން މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓަރުކަންވެސް ޕްރިންސް ޠަލާލް ވަނީ ކުރައްވައިފައެވެ.

މިއަދު އޮންލައިން