ރ.އަތޮޅު އަލިފުށީގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެއެެވެ. މި ހާދިސާގައި މަރުވެފައި ވަނީ ފިރިހެނެކެވެ.
އެނގިފައިވާ ގޮތުން، އޭނާ އަކީ ރ.އަތޮޅު ކައުންސިލްގެ އަލިފުށީ ދާއިރާގެ މެމްބަރުކަން ކުރިން ކޮށްފައިވާ މީހެކެވެ. މި މީހާ ދަންޖެހިފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރީގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޑޮކްޓަރާ ހަވާލާދީ އަލިފުށީ ސިއްހީ މަރުކަޒުން ބުނީ އޭނާ ފެނިފައި ވަނީ މަރުވިތާ ގާތްގަނޑަކަށް ހަގަޑިއިރު ފަހުން ކަމަށެވެ.
އަލިފުށިން ވާހަކަ ދެއްކި މީހަކު ބުނީ، އޭނާ ދަންޖެހުނު ކޮޓަރިތެރޭ ގިނަ އަދަދަކަށް ލޭހުރި ކަމަށެވެ. އަދި އޭނާ ހުރީ ދަންޖެހުނު ގޮތަށް ހަރުވެފައި ކަމަށާއި، މީހުންނަށް ފެނުނު އިރުވެސް މަރުވެފައި ވާކަމަށެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވެއެވެ.