31 ޖަނަވަރީ 2019ގެ ކުރިން ހުޅުމާލޭ ބީޗް ސަރަހައްދު ޢާންމު ރައްޔިތުންނަށް ފުރިހަމަ ގޮތުގަ ބޭނުން ކުރެވޭނެ ގޮތަށް އިންތިޒާމުކުރުމަށް އެޗްޑީސީއަށް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފައިވާ ކަމަށް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް މިއަދު ވިދާޅުވެފައިވަނީ ހުޅުމާލެ ބީޗް ސަރަހައްދުގައި ހިންގާ ކެފޭތަކުގެ މައްސަލަ ބެލުމަށްފަހު އެތަންތަން ހިންގަނީ އެޗްޑީސީގެ ހުއްދައެއް ނެތިކަން ވަނީ ސާފުވެފައި ކަމަށެވެ.
"ހުޅުމާލެ ބީޗްގަ ހިންގާ ކެފޭތަކުގެ މައްސަލަ ބެލުމަށްފަހު އެތަންތަން ހިންގަނީ އެޗްޑީސީގެ ހުއްދައެއް ނެތިކަން ވަނީ ސާފުވެފަ. 31 ޖަނަވަރީ 2019ގެ ކުރިން ސަރަހައްދު ޢާންމު ރައްޔިތުންނަށް ފުރިހަމަ ގޮތުގަ ބޭނުން ކުރެވޭނެ ގޮތަށް އިންތިޒާމުކުރުމަށް އެޗްޑީސީއަށް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި."