3327979 ން މިއަދުވެސް ދަނީ ހުޅުމާލެއަށް ދަތުރެއް 40 ރުފިޔާއަށް އަދި ހުޅުލެއަށް 35 ރުފިޔާއަށް ދަތުރެއް ކޮށްދެމުން ކަމަށް އެ ސެންޓަރުން ބުނެފިއެވެ. އެ ސެންޓަރުން ބުނީ އެ ސެްޓަރުގައި މިވަގުތު ދުއްވަނީ 6 ކާރާއި 7 މީހުން އުފުލޭ ވޭނެއް ކަމަށެވެ.
ވޭނުގައި ހުޅުމާލެއަށް ދަތުރެއް ކޮށްދެނީ 80 ރުފިޔާއަށް ކަމަށެވެ. "އަޅުގަނޑުމެން މިދަނީ ދަތުރުތައް ކުރިއަށް ބުކް ވެސް ކޮށްދެމުން. މިހާރުވެސް ކުރިއަށް އޮތް 3 ދުވަސްވެސް ވަރަށް ބޮޑަށް ފުރިފަ އޮތީ.
އެހެން ނަމަވެސް މިއަދުވެސް ޚިދުމަތް އެބަދެން. އެއްކޮޅަށް ހުސްވާކާރު ހުސްވީމަ އެކޮޅުން އަންނަން ބޭނުންވާ މީހުން ނަގައިގެން މިދަތުރުކުރަނީ." އެ ސެންޓަރުން ބުނީ ޓްރާންސްޕޯޓް އޮތޯރިޓީން އަގު ބަދަލުކޮށްދިނުމުން ނޫނީ އެ ސެންޓަރުން އަގު ބަދަލު ނުކުރާނެ ކަމަށެވެ.