މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" ގެ މެންބަރުކަމުން ހެންވޭރު މާފިޔަ ޢަބްދުﷲ މުނާޒް އިސްތިޢުފާ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ ޢަބްދުﷲ މުނާޒް އެ މަޤާމުން އިސްތިޢުފާ ދެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އިސްތިޢްފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.