ޞިއްޙަތަށް ގެއްލުންދޭ ބާވަތްތަކަށް ހޭލުންތެރި ކުރުވައި ހުއްޓުވަން ހަރުދަނާ ޤަވާއިދު ތަކެއް ބޭނުން: މައިމޫނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޞިއްޙަތަށް ގެއްލުންދޭ ބާވަތްތަކަށް ހޭލުންތެރި ކުރުވައި ހުއްޓުވަން ހަރުދަނާ ޤަވާއިދު ތަކެއް ބޭނުން: މައިމޫނާ

ރާއްޖޭގައި ބޭނުން ކުރުން އިތުރުވަމުން އަންނަ ޞިއްޙަތަށް ގެއްލުންދޭ ބާވަތްތަކަށް ރައްޔިތުން ހޭލުންތެރި ކުރުވައި ހުއްޓުވަން ހަރުދަނާ ޤަވާއިދު ތަކެއް ބޭނުންވާ ކަމަށް އެޗްޕީއޭގެ އިސްވެރިއަކަށް ހުންނެވި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ޞިއްހަތަށް ގެއްލުންހުރި ބާވަތްތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ހަރަކާތްތައް އިތުރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާނެ ހަރަކާތްތައް އިފްތިތާޙް ކުރުމަށް ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މައިމޫނާ ވިދާޅުވީ ގައިންގައަށް އަރާ ބަލިތައް ނައްތާލެވިފައިވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އެކަމަށް ޕްލޭންތަކެއް ހަދައި ޤައުމީ ފެންވަރުގައި ކުރި ވަރަށް ގިނަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.

މައިމޫނާ ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ގައިން ގައަށް ނާރާ ބަލިތައް އިތުރުވަމުން ދިއުން ކަމަށާއި އެގޮތުން ހިތުގެ ބަލިތަކާއި ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ބަލިތައް ދަނީ އިތުރުވަމުން ކަމަށެވެ.

އަދި އެ ބަލިތައް ޢާންމުވަމުން މިދަނީ ކެއުން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ހަމައެއާއިއެކު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކަސްރަތު ނުކުރުން ފަދަ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ޞިއްހަތަށް ގެއްލުންހުރި ބާވަތްތަކަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ހަރަކާތްތަކަށް ކުރާ ހޭދަ އިތުރުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. މިއަދު ފެށިގެނަ މިދިއައީ އެ ވައުދު ފުއްދުމުގެ މަސައްކަތެވެ.

މިއަދު އޮންލައިން