ދުނިޔޭން މަދުންނޫނީ ނުފެންނަ ވައްތަރެއް ކަމަށްވާ "ހުދު ކޯމަސް" ރާއްޖޭންފެނިއްޖެއެވެ.
"އަލްބިނޯ" ގެ ނަމުން ނަންދީފައިވާ، މި ކޯމަހަކީ ބޭރުގައުމުތަކުގައި ވެސް ވަރަށްމަދުން ނޫނީ ނުފެންނަ އެއްޗެކެވެ. ރާއްޖޭން މި ކޯމަސް ފެނުނު މީހުން ވަނީ އެމަންޒަރު ވީޑިއޯކޮށް މީސްމީޑިއާގައި އާންމުކޮށްފައެވެ.
އެވީޑީއޯއިން ފެންނަގޮތުގައި، ހުދުކޯމަސް އުޅެމުންދިޔައީ އާދައިގެ ކޯމަސްތަކެއްގެ ތެރޭގައެވެ. ރާއްޖޭން މި ކޯމަސް ފެނިފައިވީ ނަމަވެސް، ފެނިފައި ވަނީ ކޮންއިރެއްގައި ކަމެއް މީޑިއާއަށް އަދި އެނގިފައި ނުވެއެވެ. މީސްމީޑިއާގައި މި ވީޑިއޯ ވައިރަލްވެފައި ވާއިރު، ގިނަބައެއްގެ ސަމާލުކަން ވީޑިއޯއަށް ހުށްޓިފައިވާކަން ފާހަފަކޮށްލެވެއެވެ.