އައު އަހަރު ފެށުމާއި ގާތްކޮށް އަލޯރާ އޮފީސް ފަރުނީޗަރުން ޚާއްސަ ސޭލެއް ފަށައިފިއެވެ.މިޕްރޮމޯޝަންގެ ދަށުން އެފިހާރައިން ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް ވެސް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮމޯޝަންގެ ދަށުން، އަލޯރާ އޮފީސް ފަރުނީޗަރު ފިހާރައިގެ ޕާޗެސް އޯޑަރުތަކަށާއި ކާޑުން ކުރާ ވިޔަފާރިތަކަށް 20 ޕަސެންޓު ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ނަގުދު ފައިސާއިން ވިޔަފާރިކުރާ ފަރާތްތަކަށް 25 ޕަސެންޓް ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވެއެވެ.
އަލޮރާއިން ބުނިގޮތުގައި މިޕްރޮމޯޝަނަކީ، އޮފީސްތަކުގައި ބޭނުންކުރާ ފެންވަރު ރަނގަޅު ފަރުނީޗަރު ހެޔޮއަގުގައި ހޯދުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.
ރަސްރަނި ބަގީޗާ ކައިރީގައި ހުންނަ އަލޯރާ އޮފީސް ފަރުނީޗަރު ޝޯރޫމްއިން ފަށާފައިވާ މިޚާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 8 އާއި ހަމައަށެވެ.
އަލޯރާއަކީ ފަރުނީޗަރުގެ ވިޔަފާރީގައި 13 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.