ފަތިހު ވެހުނު ވާރޭފޮދާއެކުވެސް މާލޭގެ މަގުތަކުގަ ފެންބޮޑުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ފަތިހު ވެހުނު ވާރޭފޮދާއެކުވެސް މާލޭގެ މަގުތަކުގަ ފެންބޮޑުވެއްޖެ

ފަތިހު ވެހުނު ވާރޭފޮދާއެކުވެސް މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ސިފައިން ގެންދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ރޭ ފަތިސް ވެގެން އައިއިރު ތުނިކޮށް ވާރޭ ވެހެއެވެ.

ބޯކޮށް ވެހުނީ ފަތިސް ނަމާދަށް ތިއްބައެވެ. ތުނިކޮށްލީ 5.45 ހައިއިރު އެވެ. ނީޓިއޮރޮލޮޖީން ބުނީ ވެހުނު ވާރޭގެ އަދަދު ބެލުމަށް ހިސާބުތައް ހަދަމުން ގެންދާ ކަމަށެވެ.

އެވަރުގެ ވާރޭ ފޮދެއް ވެހުމުން މާލޭގެ އެންމެ އުސް ސަރަހައްދު ކަމަށްވާ ހެންވޭރުގެ ބައެއް މަގުތަކުގައިވެސް ފެންބޮޑުވިއެވެ. އެހެންކަމުން ފެން ހިންދާ ނިޒާމުތަކުގައާއި ޕަމްޕް ސްޓޭޝަންތަކުގައި މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން