ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ އަންނަހަފްތާގައި ބާއްވާ ގޮތަށް ނިންމައިފިއެވެ. ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަށް ބާއްވާ މި މަހާސިންތާ ފެށުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު އެވެ.
މިމަހާސިންތާއަ ގުޅެގޮތުން، މިނިސްޓްރީ އޮފް ހެލްތުންބުނީ، އެމަހާސިންތާގައި ރާއްޖޭގައި މަސައްކަތްކުރާ ދިވެހި ބޭސްވެރިންނާއި އަލްޓަނޭޓިވް މެޑިސިން ދާއިރާގައި ހަރަކާތްތެރިވަމުންއަންނަ ފަރާތްތަކުގެ އިތުރުންއެކަމަށްޝައުގުވެރިވާ އާންމު ފަރާތްތައް ބައިވެރިވާނެ ކަމަށެވެ. އަދި އެދާއިރާތަކުން މިހާރު ހޯދިފައިވާ ހޯދުންތަކާއި އެކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް މަހާސިންތާގެ ބައިވެރިންނާއެކު މަޝްވަރާކުރާނެކަމަށް ވެސް ހެލްތު މިނިސްޓްރިން ބުނެއެވެ.
މީގެއިތުރުން ހެލްތުމިނިސްޓްރީން ބުނީ، މި މަހާސިންތާގައި ދިވެހިބޭހާއި، އަލްޓަނޭޓިވް މެޑިސިނަށް ދުނިޔޭގެ ފެންވަރުގައި ދީފައިވާ ހާއްސަކަމާއި، ބޭނުންކުރާނެ ގޮތާއިމެދު މަޝްވަރާކުރުންވެސް ހަމަޖެހިފައިވާކަމަށާއި، އެމަޝްވަރާތަކަށް ބިނާކޮށް، ދިވެހިބޭސްވެރިކަމާއި އަލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ ދުރުރާސްތާ ޕްލޭން އެކުލަވާލެވޭނެކަމަށް ހެލްތުމިނިސްޓްރީން ބުނެއެވެ.
ދިވެހި ބޭސްވެރިކަމާ ގުޅޭ ކޯސްތައް ރާއްޖޭގެ ޕްރައިވެޓް ކޮލެޖުތަކުގައި ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މައިކޮލުޖުގައި އަންނަނީ ދިވެހި ބޭސް ކޯސް ކިޔަވައި ދެމުންނެވެ.