ކޮކޫންމޯލްޑިވްސް ހިންގާ ކުންފުނީގެ ދެވަނަރިސޯޓް، "ޔޫއެންޑްމީ ބައި ކޮކޫން" އަންނަ ފެބްރުއަރީމަހު ހުޅުވަން ހަމަޖެހިއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން، ރ. އުތުރުމާފަރުގައި ތަރައްގީކުރާމި ރިސޯޓުގައި 99 ވޯޓާވިލާއާއި 10 ޕޫލްވިލާހުންނާނެއެވެ. އަދި އޭގެ އިތުރުން ފަސްރެސްޓޯރަންޓާއި، ސްޕާއެއްގެ ޚިދުމަތްވެސް މި ރިސޯޓުން ލިބޭނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ އިތުރުން މި ރިސޯޓުގައި ތަރައްގީ ކުރާ އެއްމެ ހިތްގައިމު ތަނެއްގެ ގޮތުގައި "އެޗް 20" ގެނަންދީފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓެއް ހިމެނެ އެވެ. މިއީ ރާއްޖޭގައި ހެދޭ މިފަދަ 6 ވަނަ ރެސްޓޯރަންޓް ކަން ފާހަގަކޮށްލަމެވެ.
މި ރިސޯޓު ހުޅުވުން ފެބްރުއަރީގައި އޮތް ނަމަވެސް، ހުޅުވާނެ ސީދާ ދުވަހެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.