ށ. ފީވަކަށް ކަރަންޓު ނުލިބި 27 ގަޑިއިރު ވީފަހުން ކަރަންޓު ލިބި،ގުޅިފަޅުން ޖެނެރޭޓަރެއް ހަދިޔާ ކޮށްފިއެވެ.
"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ފީވައް ކައުސިލް ރައީސް ޙަސަން ސުޖާއު ވިދާޅުވީ، އެރަށަށް ދިމާވެފައި ކަރަންޓުގެ ދަތިކަމަށް ވަގުތީ ގޮތުން ހައްލެއް ގެނައުމަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ގުޅީފަޅުން ވަނީ ފީވަކަށް ޖެނެރޭޓަރެއް ގެންގޮސްފައެވެ.
ސުޖާއު ބުނިގޮތުގައި ސަރުކާރުން ހަދިޔާ ކުރި އެޖެނެރޭޓަރު ގުޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ފީވަކުން މީހަކު މައުލޫމާތު ދިން ގޮތުގައި، ކަރަންޓު ނުލިބި 27 ވަރަކަށް ގަޑިއިރު ހޭދަވުމަށްފަހު އެރަށަށް ކަރަންޓު ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ.
އައު ޖެނެރޭޓަރު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު ވެސް އެރަށުން ކަރަންޓު ކެނޑޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.