ނ. މާފަރު ފަޅުން ހުކުރު ދުވަހު ގިނަ އަދަދެއްގެ ކަށިމަސް ހިފައިފިއެވެ. ރަށުން ވާހަކަ ދެއްކެވި ބޭކަލަކު ބުނުއްވީ ހުކުރު ދުވަހު ވަރަށް ގިނަ އަދަދެއްގެ ކަށިމަސް ހިފުނު ކަމަށެވެ.
"އިއްޔެވެސް ފަޅަށް މަސް ވަދެ އުޅުނު ނަމަވެސް ހިފޭނެ ގޮތެއް ނުވޭ." އޭނާ ބުނުއްވީ ކަށިމަހުގެ ރިހާކުރު ވެސް ވަރަށް މީރު ކަމަށެވެ. އަދި ހިއްކައިގެން މާލެ ގެންދިއުމުން މަހަށް ވެސް ރަނގަޅު އަގު ލިބޭ ކަމަށެވެ. މާފަރު ފަޅަކީ ވަރަށް ބޮޑު ފަޅެކެވެ.