ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން އަމީނީމަގުގައި ހިންގަމުން އަންނަ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ހުރި ތަރުކާރީ ތަކެއްގެ މަތިން މީދަލެއްދުވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.
"މޯލްޑިވިއަންސް ބީ ލައިކް" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖެއްގައި، އާންމުކުރި މި ވީޑިއޯއިން ފެންނަނީ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގެ މޭޒުމަތީގައި، ވިއްކަން ބަހައްޓާފައިހުރި ތަރުކާރީތަކުގެ މަތިންމީދަލެއްދުވާ މަންޒަރެވެ.
މީގެ އިތުރުން، އެ ވީޑިއޯގައި ފެންނަ މީދާ، މޭޒުމަތީގައި، ފަޅާފައި އޮތް ބަރަބޯ ފަޅިއެއްގައި ދޫލާ މަންޒަރުވެސް ފެނެއެވެ. ފޭސްބުކްގެ އިތުރުން ޓްވިޓާގައި އިއްޔެ އާންމުވި އެވީޑިއޯއާއެކު ގިނަބައެއްގެ ފާޑުކިޔުންތައް މާރުކޭޓުގޮޅިތައް ހިންގަމުންއަންނަ ފަރާތްތަކަށް އަމާޒުވިއެވެ.
މި ވީޑިއޯއާ އެކު މާރުކޭޓުތަކުގެ ސާފްތާހިރުކަން ކަޝަވަރުކޮށް ދިނުމަށް، ފުޑް އެންޑް ޑްރަގް އޮތޯރިޓިގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.