ވެލައެއްގެ ބަނޑުފަޅައިގެން ބިސްތައް ނަގާ ފޮޓޯއެއް އާއްމުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ވެލައެއްގެ ބަނޑުފަޅައިގެން ބިސްތައް ނަގާ ފޮޓޯއެއް އާއްމުވެއްޖެ!

ދިވެހިންތަކެއް ބޮޑުވެލައެއް ފަޅާލައިގެން އޭގެ ބިސްތަކާއި މަސްނަގަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި އާއްމުވެއްޖެއެވެ. 

ފެސްބުކްގައި އާއްމުކޮށްފައިވާ ފޮޓޯތަކާއެކު ކެޕްޝަނުގެގޮތުގައި ބުނެފައިވަނީ އެއީ އއ.މާޅޮހުބަޔަކުވެ ލައެއްފަޅާލައިގެން ބިސްނަގަމުންދާ މަންޒަރުކަމަށެވެ. މިއަދުނޫހަށް އެނގިފައިވާ ގޮތުގައި މިއީ 2014 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެކެވެ.

ދިވެހިރާއްޖޭގައި ވެލާއަދި ވެލާބިސް ނެގުމަކީ މަނާކަމެކެވެ. އެގޮތުން، އެންމެފުރަތަމަ ރާއްޖޭގައި ވެލާ އަދި ވެލާބިސް ނެގުން މަނާކޮށްފައިވަނީ 1995 ވަނައަހަރުގެ ތެރޭގައި ކަމަށް ތާރީހު ދިރާސާކުރާ ފަރާތަކުން މައުލޫމާތު ދީފައި ވެއެވެ.

މި ފޮޓޯއާ ގުޅޭގޮތުން މައުލޫމާތެއް ލިބިފައި ވޭތޯ ބެލުމަށް މާޅޮހު ކައުންސިލަށް ގުޅުމުން، ފޯނަށް ޖަވާބު ނުދޭތީ، މައުލޫމާޓު ލިބޭގޮތް ވަނީ ނުވެފައެވެ.

 

މިއަދު އޮންލައިން