"ހަފްތާ ރެސް"ގަ މިޔުޒިކް ކުޅޭތީ ދީނީ ޢިލްމްވެރިންގެ ކަންބޮޑުވުން އިތުރުވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
"ހަފްތާ ރެސް"ގަ މިޔުޒިކް ކުޅޭތީ ދީނީ ޢިލްމްވެރިންގެ ކަންބޮޑުވުން އިތުރުވަނީ!

ޒުވާނުން ވިޔަފާރީގެ ތެރެއަށް ނެރުމަށް ޒުވާނުންގެ މިނިސްޓްރީން ބާއްވަމުން ގެންދާ "ހަފްތާ ރެސް" ގައި މިޔުޒިކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާތީ ދީނީ ޢިލްމުވެރިންގެ ކަންބޮޑުވެވަޑައިގަތުން އިތުރުވާން ފަށައިފިއެވެ.

"ޒުވާނުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އީމާންތެރިކަން މަތީގައި ހަރުދަނާ ދިރިއުޅުމެއް އުޅެވޭނެ މަގެއް ފަހިވެގެން ދިއުމެވެ. މުނިފޫހި ފިލުވުމުގެ ނަމުގައި، ﷲ ގެ މަގުން ޣާފިލުކުރުވާ ކަންކަމެއް ނޫނެވެ." ޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް 

"ހަފްތާ ރެސް" ގަ އެބަ ހިމެނޭ އަޑުގަދަވާތީ މީހުންނަށް އުނދަގޫވާ ސެގްމެންޓެއް. މިބައި ކޮންމެ ހަފްތާއަކު ބޭއްވުމުން ގިނަ މީހުންނަށް އުނދަގޫވެގެން އެވާހަކަ އެބަ ދައްކާ. މިބައި ކަނޑަލުމަށް މިނިސްޓަރ އަޙްމަދު މަޚްލޫފަށް އިލްތިމާސްކުރަން. ﷲ ގެ ރުއްސެވުން އެންމެ މުހިންމީ." ޝައިޚް ޢަލީ ޒައިދު 

މިޔުޒިކާއިއެކު ހަފްތާ ރެސް ކުރިއަށް ގެންދަން ނިންމުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި އެހެންވެސް ދީނީ ބައެއް ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.

 

މިއަދު އޮންލައިން