މިޔުޒިކް ޝޯއެއް ނޫން ޓެލެންޓް ޝޯ، ޓެލެންޓް ޝޯ އެއް ނޫން އަޑުގަދަ ސެގްމެންޓް- ﷲ އަށް އޮޅުވައިލެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މިޔުޒިކް ޝޯއެއް ނޫން ޓެލެންޓް ޝޯ، ޓެލެންޓް ޝޯ އެއް ނޫން އަޑުގަދަ ސެގްމެންޓް- ﷲ އަށް އޮޅުވައިލެވޭތަ؟

"މިޔުޒިކް ޝޯއެއް ނޫން ޓެލެންޓް ޝޯ، ޓެލެންޓް ޝޯ އެއް ނޫން އަޑުގަދަ ސެގްމެންޓް- ﷲ އަށް އޮޅުވައިލެވޭތޯ؟" މިއީ މިއަދުނޫހުގެ ބައެއް ކިޔުން ތެރިން އުފައްދާފައިވާ ސުވާލެކެވެ. މިސުވާލު އުފައްދާފައިވަނީ "ހަފްތާ ރެސް" ގައި މިޔުޒިކް ޝޯ ކޮންމެ ރެއަކު ކުރިއަށް ގެންދާތީ އެކަމަށް ބައެއް ދީނީ ޢިލްމުވެރިން ބަސް ވިދާޅުވުމުން "ޓެލެންޓް ޝޯ" އެއް ބޭއްވުމުންނެވެ.

އަދި މިޔުޒިކް ޝޯއަށް ޝައިޚަކު "އަޑުގަދަ ސެގްމަންޓް"ގެ ނަމުން ނަން ދެއްވުމުންނެވެ. ބައެއް ކިޔުންތެރިން މިކަން ސިފަކޮށްފައިވަނީ ހޮނިހިރު ދުވަހު މަސް ނުހިފުމަށް ﷲ ތަޢާލާ އެންގެވުމުން އެ ދުވަހު ދައު ޖެހުމަށްފަހު އާދީއްތަ ދުވަހު ދަލުން ޔަހޫދީން މަސް ނެގުން ފަދަ ކަމެއްގެ ގޮތުގައެވެ. ކިޔުންތެރިން އެދިފައިވަނީ މިޔުޒިކަށް މިޔުޒިކް ނޫން ނަމެއް ދީނީ އިލްމުވެރިން ވިދާޅު ނުވުމަށެވެ.

މިޔުޒިކްގެ ހުރި ނުނައިކަން ބަޔާންކޮށް ދެއްވައި އެކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތރުުކޮށްދިނުމަށް މަސައްކަތްކޮށް ދެއްވުމަށެވެ. "ކޮންމެ ނަމެއް ކިޔައިގެން މިޔުޒިކް ކުޅުނު ނަމަވެސް މިޔުޒިކް ވާނީ މިޔުޒިކަށެވެ. ނަން ބަދަލުކޮށް އޮޅުވައިލުމުން އެ އޮޅުވައިލެވެނީ އަމިއްލަ ނަފްސަށެވެ.

ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެއެވެ. އިންސާނުންގެ އަމަލުތައް ލިޔުއްވަވާ މަލާއިކަތުންނަށް ވެސް އޮޅުވައެއް ނުލެވޭނެއެވެ." ﷲ ތަޢާލާ މީހަކަށް ނުވަތަ ބައަކަށް ނަޞްރު ދެއްވަވައި މަތިވެރި މަޤާމުތައް މިންވަރު ކުރެއްވެވުމުން އެކަމަށް ޣާފިލުވާނަމަ، ދެއްވެވި ނިޢްމަތްތައް އަނބުރާ ގެންދެވުމަށް އެކަލާނގެ ކުޅަދުންވަންތަ" ކަމަށް ވިދާޅުވެ މިޔުޒިކް ފަދަ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ނުކުރުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިހާރުވެސް ވަނީ ނަޞޭޙަތް ދެއްވަވައިފައެވެ.

ޝައިޚް އިލްޔާސް ހުސައިން، ޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް، ޑރ. އިޔާޟް ޢާއި ޝައިޚް ޢަލީ ޒައިދު ފަދަ ބޭފުޅުން ގެންދަވަނީ މިޔުޒިކާއި ދެކޮޅަށް ނަޞޭޙަތް ދެއްވަވަމުންނެވެ.

މިއަދު އޮންލައިން