މިރޭ ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި 40 އަށްވުރެ ގިނަ ރިޒޯޓުގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެހެންނަމަވެސް މާލޭގައާއި ހުޅުމާލޭގައި ހަވާ އަރުވަން ހަމަޖެހިފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ފާއިތުވި 5 އަހަރު މީލާދީ އައު އަހަރު ފާހަގަކުރަން މާލެ ސިޓީގައި ވަނީ ހަވާ އަރުވައިފައެވެ. އެމްއެންޑީއެފުން ކަނޑައަޅާ އަގެއް ދެއްކުމުން ހަވާ އަރުވައިދިނުމަކީ އެމްއެންޑީއެފުން ދެމުން ގެންދާ ޚިދުމަތެކެވެ.