އިންޑަސްޓްރިއަލް ވިލެޖް އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އިންޑަސްޓްރިއަލް ވިލެޖް އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށަނީ!

ލިޔުނީ: ޒިދާން މުހައްމަދު

މާލޭ ސިޓީ އިންޑަސްޓްރިއަލް ވިލެޖް އޭރިއާގައި އަޅާ ސްޓެލްކޯ އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނެފައި ވަނީ މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީއެއްގައެވެ. 

އައު އަހަރުގެ މުނާސަބާގައި ބޭއްވި މި އެސެމްބްލީގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ އެ ކުންފުނީގެ ހިދުމަތްތައް ހުރީ ވަރަށް ބޮޑަށް ސެންޓްރަލައިޒްކުރެވިފައި ކަމަށާއި، ޑީސެންޓްރަލައިޒްކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖުގައި އިތުރު ސްޓޭޝަނެއް ހަދަން ނިންމީ ކަމަށެވެ. 

އެތަނުގައި ހަދާ އިންޖީނުގެއާ ބެހޭ މާ ގިނަ މައުލޫމާތެއް އޭނާ ހާމަ ނުކުރި ނަމަވެސް 24 ނުވަތަ 16 މެގަވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި ހިދުމަތް ދޭން ފަށާނެ ކަމަށް މުގުނީ ވިދާޅުވި އެވެ. މުގުނީ ވިދާޅުވި ގޮތުގައި ސްމާޓް މީޓަރާއި ޕްރިޕެއިޑް މީޓަރުގެ ވާހަކައަކީ ވަރަށް ކުރީން ސުރެ ފެށިގެން ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި، އެކަމުގެ މަސައްކަތްތައް ފަށައި މިއަހަރުގެ ތެރޭގައި އެ މީޓަރުތައް ހަރުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސްޓެލްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދައި އަންނަ އަހަރު މުވައްޒަފުންނަށް ބޯނަސް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު އޮންލައިން