ބަރުދަނުގައި ގާތްގަނޑަކަށް 800 ގްރާމް ހުރި ހުދަންބަރެއް ދުވާފަރު ދޯންޏަކުން ހޮވައިފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ހުއިފިލަނޑާ ނަގަން އުޅުނު "މަންފާ" ދޯނީގެ މީހުންނަށް މިމާވަހަރު ފެނުނީ ރ.އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ވައްޓަރާއި މަހިދުއާ ދޭތެރޭގައި އޮންނަ ހަލަކުންނެވެ.
މި މާވަހަރު ފެނުނުއިރު ދޯނީގައި ތިބީ ފަސް މީހުން ކަމަށް މައުލޫމާތުލިބިފައިވެއެވެ.
ދާދިފަހުން ރ.އިންނަމާދޫ ގޮނޑުދޮށުން ވެސް ވަނީ 220 ގްރާމު ގެ ހުދަނބަރެއް ހޮވައިފައެވެ.