ރާއްޖޭގެ އެންމެ ޚާއްސަ ކަމަކީ ދިވެހީންގެ އޯގާތެރި ހިނިތުންވުން: ޚާލިދު ކަރީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރާއްޖޭގެ އެންމެ ޚާއްސަ ކަމަކީ ދިވެހީންގެ އޯގާތެރި ހިނިތުންވުން: ޚާލިދު ކަރީމް

"މިއީ އަހަރެމެން ދިވެހިރާއްޖެއަށް އައި ދެވަނަ ފަހަރު. ދިވެހިރާއްޖޭގެ އެންމެ ޚާއްސަ ކަމަކީ ދިވެހީންގެ އޯގާތެރި ހިނިތުންވުން. ދިވެހިންގެ ހިނިތުން މޫނުތައް ފެނުނީމަ އަހަރެމެންނަށް އަމިއްލަ ވަޒަނުގައި ހުރެވޭ ކަހަލަ އިހުސާސެއް ކުރެވޭ." މިއީ މިއަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔ، ސައުދި ޢަރަބިޔާގެ ރައްޔިތުން ކަމަށްވާ ޚާލިދު ކަރީމެގެ ދެމަފިރިން ރާއްޖެ އާއިމެދު ބުނެފައިވާ ބަސްކޮޅެކެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފައެވެ. މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަކީ ސަޢޫދީ އަރަބިއާގެ ރައްޔިތެއް ކަމަށްވާ ޚާލިދު ކަރީމް އެވެ. އޭނާ ރާއްޖެ އައީ އޮމާން އެއަރ ފްލައިޓް ޑަބްލިޔު.ވައި 381 އިން އިއްޔެ ހެނދުނު އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އާ އަހަރުގެ ފެށުމާއި، އެނިވަރސަރީ ފާހަގަ ކުރުމަށްޓަކައި އޭނާގެ ޢާއިލާއާއި އެކުގައެވެ.

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށްޓަކައި މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުޙައްމަދު އަދި ދެ އޮފީހުގެ އިސް ވެރީންނާއި، އެމް.އޭ.ސީއެލް އާއި މަޓާޓޯގެ އިސް ވެރީންނާއި، ފަތުރުވެރިޔާއަށް ހަދިޔާ ދިން ފަރާތްތަކުން ވަނީ ބައިވެރި ވެފައެވެ. ދިވެހިރައްޔިތުންގެ ފަރާތުން މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހަދިޔާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދުއެވެ. އަދި އެމް.އެމް.ޕީ.އާރް.ސީ ގެ ފަރާތުން "އެގްޒެކެޓިވް ގިފްޓް ޕެކް" ޙަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުޙައްމަދެވެ. އަދި އެމް.އޭ.ސީ.އެލް ގެ ފަރާތުން ހަދިޔާ ޙަވާލުކޮށްދެއްވީ އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙެވެ. މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހަދިޔާގެ ގޮތުގައި އެއް ހަފްތާގެ ޗުއްޓީއެއް މިއަހަރު ހަދިޔާކުރީ "އާވީ ނޭޗަރސް ޕެރެޑައިސް" ރިޒޯޓުންނެވެ. އަދި "އޮމާން އެއަރ"ގެ ފަރާތުން ވަނީ އެމީހުން ދިވެހިރާއްޖެއަށް އަލުން އައުމަށް ޓިކެޓް ދީފައެވެ.

މިއަދު އޮންލައިން