ކ. ސޮނޭވާ ގިލި، ގިލި ލަންކަންފުށި ރިސޯޓުގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 22:32 ހާއިރެވެ. އަދި އެއަލިފާންގަނޑު ނިއްވާލުމަށް އެހީތެރިވުމަށް އެމްއެންޑީއެފް ގެ ލޯންޗެއް މިހާރު ވަނީ އެރިސޯޓަށް ދަތުރުކޮށްފައެވެ.
އަޕްޑޭޓް: (23:38) ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި އިތުރު ފަޔަރ ޓީމެއް މާލެއިން ގިލި ލަންކަން ރިސޯޓަށް ދިޔުމަށް ހަމަޖެހިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އަޕްޑޭޓް: (00:39) ގިލި ލިންކަން ރިސޯޓުގެ މޫދު ކޮޓަރިތަކުގައި އަލިފާން ރޯވިކަމަށާއި އަލިފާންގަނޑު ނިއްވާލެވިލެވިފާއިރު، ކޮޓަރިތައް އެއްކޮށް ވަނީ އަނދާފައެވެ.
އަޕްޑޭޓް: (00:41) އަލިފާންގަނޑު ރިސޯޓު ތެރެއަށް ފެތުރިފައިވާތީ އެއަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އަޕްޑޭޓް: (00:43) މޫދު ކޮޓަރިތަކާއި ޖެޓީގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
އަޕްޑޭޓް: (00:45) މީހަކަށް ގެއްލުމެއް ލިބުންކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އަޕްޑޭޓް: (00:52) އަލިފާން ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މާލެއިން ދިޔަ ފަޔަރ ޓީމުގެ އެހީތެރިކަމާއެކު 70% ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަދިވެސް އަލިފާންގަނޑު އެއްކޮށް ނިއްވާނުލެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އަޕްޑޭޓް: (6:21) އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 5:00 ހާއިރެވެ. އަދި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.