ޕްރިޒަންސްގެ ޑީސީޕީ ކަމުގެ މަގާމަށް އިބްރާހިމް މުޙައްމަދު ދީދީ

ކިޔުމަށް ހޭދަވާނީ 37ސ
ޕްރިޒަންސްގެ ޑީސީޕީ ކަމުގެ މަގާމަށް އިބްރާހިމް މުޙައްމަދު ދީދީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ މަގާމަށް އިބްރާހިމް މުޙައްމަދު ދީދީ، މިއަދު އައްޔަނު ކުރައްވައިފިއެވެ. 

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ޑީސީޕީގެ މަގާމަށް މިއަދު ދީދީ އައްޔަނު ކުރެއްވިއިރު، އޭނާ ހުންނެވީ ޕްރިޒަންސްގެ ސުޕަރިންޓެންޑެންޓްގެ މަގާމުގައެވެ. 

ޑީސީޕީކަމުގެ މަގާމަށް މިއަދު އިބްރާހިމް މުޙައްމަދު ދީދީ އައްޔަނު ކޮށްފައިވާއިރު، ރައީސް ޞާލިޙުވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމުގެ މަގާމަށް މިދިޔަ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު، އަބްދުﷲ މުނާޒް އައްޔަނު ކުރައްވާފައެވެ.

މިއަދު އޮންލައިން