އިތުރު ޖަލުތަކެއް އެޅުމަށްވުރެ މިވަގުތު މުހިންމީ ކުށްވެރިން ކެޓަގަރައިޒްކޮށްގެން ބެލެހެއްޓޭނެ ގޮތެއް ހަމަޖެއްސުން: ކޮމިޓީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އިތުރު ޖަލުތަކެއް އެޅުމަށްވުރެ މިވަގުތު މުހިންމީ ކުށްވެރިން ކެޓަގަރައިޒްކޮށްގެން ބެލެހެއްޓޭނެ ގޮތެއް ހަމަޖެއްސުން: ކޮމިޓީ

އިތުރު ޖަލުތަކެއް އެޅުމަށްވުރެ މިވަގުތު މުހިންމީ ކުށްވެރިން ކެޓަގަރައިޒްކޮށްގެން ބެލެހެއްޓޭނެ ގޮތެއް ހަމަޖެއްސުން ކަމަށް ޖަލުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި މައްސަލަތައް ދިރާސާކުރަމުންގެންދާ ކޮމިޓީން ބުނެފިއެވެ.

އެކޮމިޓީން މިއަދު ބުނީ ކޮންމެހެން ޖަލުގައި ބަންދުކުރަން ނުޖެހޭ މީހުން ޖަލުތަކުގައި ބަނދު ނުކުރުމަށް ރިޕޯޓްގައި ހިމެނުމަކީވެސް ވިސްނަމުންދާ ކަމެއް ކަމަށެވެ. ހަމައެއާއެކު ޖަލުތަކުގައި ބަންދުކުރެވޭ އެންމެންނަށްވެސް އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި ހަމަހަމަ ފުރުޞަތުތަކެއް ހަމަޖައްސައިދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމިޓީން ބުނީ 18 ޑިސެމްބަރު 2018 ގައި ކޮމިޓީގެ މަސައްކަތް ވަނީ ފަށާފައި ކަމަށާއި ޖުމުލަ 75 ދުވަހުގެ ތެރޭގައި ކޮމިޓީގެ މަސައްކަތް ނިންމާނެ ކަމަށެވެ.

ކޮމިޓީން ބުނީ ބައިނަލްއަޤްވާމީ ގޮތުން އެކުލަވާލެވިފައިވާ ރާއްޖެ ސޮއިކޮށްފައިވާ މުޢާހަދާތަކާއި އެއްގޮތަށް ކަންކަން ކުރެވޭ މިންވަރުވެސް ބަލަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގައި ހެދިފައިވާ ޤަވާއިދުތަކާއި ޤާނޫނުތަކާއި އެއްގޮތަށް އަމަލުކުރެވެމުން އަންނަ މިންވަރުވެސް ބަލަމުން ގެންދާ ކަމަށެވެ.

މިއަދު އޮންލައިން