ކަޅުވަކަރު މިސްކިތް ބަހައްޓަނީ ދިރާގު އޮފީސް ކުރިން ހުރި ބިމުގައި: ހެރިޓޭޖް މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކަޅުވަކަރު މިސްކިތް ބަހައްޓަނީ ދިރާގު އޮފީސް ކުރިން ހުރި ބިމުގައި: ހެރިޓޭޖް މިނިސްޓްރީ

ލިޔުނީ: ޒިދާން މުހައްމަދު

ރޫޅޫލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށްފަހު ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މިސްކިތް ބަހައްޓާނީ ޗާންދަނީމަގާއި މެދު ޒިޔާރަތްމަގު ގުޅޭ ކަންމަތިން، ކުރިން ދިރާގު އޮފީސް ހުރި ބިމުގައި ކަމަށެވެ. އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ހެރިޓޭޖް މިނިސްޓްރީގެ އެ ބަޔާނުގައި ވާ ގޮތުން އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާއި މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއަދު އޮންލައިން