މާލޭގެ 13 ސަރަހައްދު ބަނދުކުރުން - ޢާއިލާތަކާ އަވަށްޓެރިންގެ ގުޅުން ބަދަހިކުރާނެ ރަނުގެ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މާލޭގެ 13 ސަރަހައްދު ބަނދުކުރުން - ޢާއިލާތަކާ އަވަށްޓެރިންގެ ގުޅުން ބަދަހިކުރާނެ ރަނުގެ ފުރުޞަތެއް!

މާލޭގެ ނޭބަރހުޑް ސަރަހައްދުތަކުން 13 ސަރަހައްދެއް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 6.30 އިން 10.30 އަށް ބަނދުކުރަން ނިންމައިފިއެވެ. މިއީ އެވަގުތުތަކުގައި ހިންގަން ހުއްދަކުރާ އިޖުތިމާޢީ ހަރަކާތްތައް ހިންގުމަށާއި ކުޅިވަރު ކުޅުންފަދަ ކަންކަމަށް ފުރުޞަތު ދިނުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. 

އެހެންކަމުން މިއީ އެ ސަރަހައްދެއްގައި ދިރިއުޅޭ ބައަކު ބޭނުންނަމަ ހުރިހާ ގެއަކުން ބައިވެރިވެގެން ހެނދުނުގެ ސައި ބުއިން ފަދަ ކަންކަން ކުރުމަށް ބޭނުންހިފިދާނެ ފުރުޞަތެކެވެ. ސަރަހައްދު ބަންދުކުރެވޭ ވަގުތުތަކުގައި އަޑުގަދަކުރުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުން ފަދަ ކަންކަން ވަނީ މަނާކޮށްފައެވެ. މިކަމުގެ ތަޖުރިބާއަށް ބަލައި ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. 

ޓްރެފިކް ގިނަވުމުގެ ސަބަބުން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މަގުމަތިންވެސް އެކުގައި ފެނިލުމަކީވެސް މިހާރަކަށް އައިސް ކުރެވޭ ކަމަކަށް ނުވާއިރު މިއީ އަވަށްޓެރިންގެ ގުޅުންތައް ބަދަހިކޮށްލަން ރަނުގެ ފުރުޞަތެކެވެ. ހަމައެއާއިއެކު ކުޑަކުދިން އެކުގައި ކުޅެ އުފާކޮށް ދަސްވެ ވުމަށްވެސް ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެކެވެ.

އަޅުކަނޑުމެންގެ ތެރެއިން ގެއްލެމުންދާ "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމް ކުރުމުގެ އާދަ ދިރުވައި އާލާކުރަންވެސް ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތަކަށްވާނެއެވެ. މިފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި  ހިފުމަށްޓައި ފަތިސް ނަމާދަށް ހޭލައި އަދި ދަރިންވެސް ހޭލެއްވުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން