މޫސާ ވަސީމް، އައިލެންޑް އޭވިއޭޝަންގެ ޕީއާރު މެނޭޖަރަކަށް އައްޔަންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
މޫސާ ވަސީމް، އައިލެންޑް އޭވިއޭޝަންގެ ޕީއާރު މެނޭޖަރަކަށް އައްޔަންކޮށްފި

އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރަކަށް މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް އައްޔަންކޮށްފިއެވެ.

މޫސަ ވަސީމް ވަނީ 2015 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ނޫސްވެރިކަމުގެ ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ހުށަހެޅުންތެރިޔާ މޫސަ ވަސީމް، ޓީވީއެމްގައި 13 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ.

މޫސަ ވަސީމް އެންމެފަހުން ވަޒީފާ އަދާކުރައްވާފައިވަނީ އައިސްޓީވީގައެވެ.

 

މިއަދު އޮންލައިން