މަގުމައްޗަށް ކުނި އެޅި ތިން މީހަކު ޖޫރިމަނާކޮށް، އެމީހުންގެ ނަންތައް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އާންމުކޮށްފިއެވެ.
އެގޮތުން އީޕީއޭ އިން އާންމުކުރި ނަންތަކަކީ:
· ހުޝާމް އަލީ (މޫރިތި/ބ.ތުޅާދޫ) އޭނާ ކުނިއެޅީ ދެވިނަމަގު މއ. ޝިފްރަން ކަންމައްޗަށެވެ.
· ޒުބައިދާ އަލީ (ފްލާވަރ ހައުސް/ ހދ. ނޭކުރެންދޫ). އޭނާ ކުނިއެޅީ ޗާންދަނީމަގު ގޮމަށިގެ ކަންމައްޗަށެވެ.
· އަބްދުﷲ މާހިޜު (ގުލްހަޒާރުގެ/ ޅ. ނައިފަރު). އޭނާ ކުނިއެޅީ މުއިވެޔޮ މަގާއި ގުލްހަޒާރު ގޯޅި ކަންމައްޗަށެވެ.
ސަރުކާރުން ކުރިއަށްގެންދާ ރާއްޖެ ސާފުތާހިރުކޮށް ބޭއްވުމުގެ މަޝްރޫޢުގެ ދަށުން، އީޕީއޭ އިން މިހާރުދަނީ މަގުތަކަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަމުންނެވެ.
އެގޮތުން މިހާރު ގާނޫނު ބުނާގޮތުގައި، ފުރަތަމަ ފަހަރު 300 ރުފިޔާއިން ޖޫރިމަނާ ކުރާއިރު އެކަން ތަކުރާރު ކޮށްފިނަމަ މަގުމައްޗަށް ކުނި އަޅައި ކޮންމެ ފަހަރަކަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.