ގައިދީންތަކެއް މާފުށީ ޖަލުގައި ތޫނުއެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގައިފި

ކިޔުމަށް ހޭދަވާނީ 37ސ
ގައިދީންތަކެއް މާފުށީ ޖަލުގައި ތޫނުއެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގައިފި

މާފުށީ ޖަލުގައި ގައިދީންތަކެއް ތޫނު އެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން، ތިން ގައިދީއަކަށް އަނިޔާ ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ މިމާރާމާރީ ހިނގާފައިވަނީ ތިން ގައިދީއެއްގެމެދުގައި ކަމަށާއި އެތިން މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. 

ރޭގެ ވަގުތެއްގައި ހިނގި މިމާރާމާރީގެ ސަބަބުން އެއްވެސް ގައިދީއެއްގެ ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެކަން އެމީހުންގެ އާއިލާތަކަށް އަންގާފައިވާނެ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެފައިވެއެވެ. 

މާފުށީ ޖަލުގައި ތޫނު އެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން