ލިޔުނީ: ޒިދާން މުހައްމަދު
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީ) ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ. އެގޮތުން، އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ ހ.ސްވޯޑް މުހައްމަދު ރާއިދުއެވެ.
އެމްއައިޓީޑީއަކީ، މެދުފަންތީގެ ފަތުރުވެރިކަން ނުވަތަ އިންޓަގްރޭޓެޑް ޓުރިޒަމް ރާއްޖެއަށް ތައާރަފްކޮށް ހިންގުމުގެ މަގުސަދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައި ވާ ޙާއްސަ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
އެއަށްފަހު އެމްއައިޓީޑީން ދަނީ ރާއްޖޭގައި މެދުފަންތީގެ ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ މެދުފަންތީގެ ފަތުރުވެރިކަން އިސްތިހާރުކޮށް އެ ސިނާއަތް ކުރިއެރުވުމަށް އެ ކުންފުނިން ކެނދިނޭޅި ދަނީ މަސައަކަތް ކުރަމުންނެވެ.
ރާއިދު މި މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ މިއަދުއެވެ.