މަސައްކަތް ކުރުމުގެ ހުއްދަ އަލުން ޑަބްލިޔު ކޮންސްޓްރަކްޝަނަށް ދީފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
މަސައްކަތް ކުރުމުގެ ހުއްދަ އަލުން ޑަބްލިޔު ކޮންސްޓްރަކްޝަނަށް ދީފި

މިދިޔަ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ކުޑަކުއްޖަކަށް އަނިޔާވެ އެކުއްޖާ ނިޔާވުމުގެ މައްސަލައިގައި، ޑަބްލިޔު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތްތަކެއް ހުއްޓުވުމަށްފަހު، އަލުން އެހުއްދަ އެކުންފުންޏަށްދީފިއެވެ. 

މަސައްކަތް ކުރުމުގެ ހުއްދަ އެކުންފުންޏަށް ދީފައިވީ ނަމަވެސް، މ. ނަލަހިޔާ މަންޒިލް ގައި އެކުންފުނިން ކުރަމުން ދިޔަ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ހުއްދަ ސަރުކާރުން ދީފައެއް ނުވެއެވެ. ސިމެންތި ބަސްތާ ވެއްޓިފައިވަނީ މ. ނަލަހިޔާ މަންޒިލްގެ ހަވަނަ ފަންގިފިލާއިންނެވެ. އަދި މިހާދިސާގައި ބަންގްލަދޭޝް އަށް އުފަން ރައުޝަން ޖިއާން (9އ.) ވަނީ ނިޔާވެފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަލަހިޔާ މަންޒިލްގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ހުއްދަ ޑަބްލިޔު ކޮންސްޓްރަކްޝަނަށް ނުދީ އޮތީ، ޖިއާން ނިޔާވި މައްސަލައިގެ ތަހުގީގު އަދި ނުނިމޭތީއެވެ. 

އެހާދިސާއާއި ގުޅިގެން ޑަބްލިޔު ކޮންސްޓްރަކްޝަނާއި ދެކޮޅަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީވެސް ތަހުގީގު ނުނިމޭތީކަމަށް އެނގިފައިވެއެވެ.

ރައުޝަން ޖިއާން ނިޔާވެފައިވަނީ 17 ޑިސެމްބަރ 2018 ވަނަ ދުވަހު މެންދުރު 12:30 ހާއިރު އައިޖީއެމްއެޗް ގައެވެ. އެކުއްޖާގެ ހަށިގަނޑު އެރޭގެ ވަގުތެއްގައި ބަނގްލަދޭޝް އަށް ގެންދެވިފައިވާއިރު، ވަޅުލާފައިވަނީ ވެސް އެޤައުމުގައެވެ.

މިއަދު އޮންލައިން