ޕޯސްޓް-މޯޓަމް ހެދުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިނެއް އެޗްއާރުސީއެމުން އެކުލަވާލައިފިއެވެ.
އެޗްއާރުސީއެމުން ބުނެފައިވަނީ މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ނުވަތަ އެނޫން ޙާލަތްތަކުގައިވެސް ޝުބްޙައެއް ނުވަތަ ޝައްކެއް އުފެދޭފަދަ ގޮތަކަށް މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަޤީޤަތް ދެނެ ގަތުމަށް ޓަކައި ޕޯސްޓް-މޯޓަމް ނުވަތަ އޯޓޮޕްސީ ހެދުމުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގައި ވަކި މިންގަނޑުތަކެއް އެކުލަވާލާފައި ނެތުމުގެ ސަބަބުން އިންސާނީ ޙައްޤުތައް ގެއްލިގެންދާކަމަށް ޤަބޫލުކުރެ ވޭތީ، އެކަމަށް ޙައްލެއްހޯދުމުގެ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ދަށުން އެކުލަވާލާފައިވާ ގައިޑްލައިންއެއް ނުވަތަ މިންގަނޑުތަކެއް ކަމަށެވެ.
މި ގައިޑްލައިން އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙަދާތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތައް އަދި މިނިވަން ދީމިގްރާތީ ޤައުމުތަކުގައި ޢަމަލުކުރާ މިންގަނޑުތަކަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށާއި އަދި މި ގައިޑްލައިން އެކުލަވާލުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ޚިޔާލު ހޯދާފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ގައިޑް ލައިން: