މ. މުލީގައި މިރޭ ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި، ޒަޚަމް ކޮށްލި ބިދޭސީ މީހާއަކީ އެރަށުގައި އަމިއްލަ ފަރާތަކުން ހިންގާ "އެޕަލް ފާމަސީ" ގައި މަސައްކަތް ކުރާ ފާމަސިސްޓެކެވެ.
މިރޭ 20:05 ހާއިރު ދިން މިހަމަލާގައި، ޒަޚަމް ކޮށްލާފައިވަނީ އިންޑިޔާ ރައްޔިތެކެވެ. އޭނާގެ ވާތް ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައިވާއިރު، ޒަޚަމްކޮށްލި ތަން ވަރަށް ފުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ބިދޭސީ މީހާއަށް މުލި ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނައިރު، ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.