ސިނަމާލެ ބްރިޖު ހައިވޭގައި ދަތުރު ކުރަމުން ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިހާދިސާއާއި ގުޅޭ ގޮތުން އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ބްރިޖު ހައިވޭ ގައި ދަތުރު ކުރަމުން ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިންހަރަކާތްތެރި ވަމުންދާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 23:37 ގައި ކަމަށާއި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިބާވަތުގެ ހާދިސާތަށް ހިނގަން މެދުވެރިވަނީ ގިނަދުވަސްވެފައިހުންނަ ކާރުތަށް މެއިންޓަނަންސް ނުކޮށް ދުއްވުމުގެ ސަބަބުންނެވެ.