ރަހިމުގެ ދޮރަށްޖެހޭ ކެންސަރާއި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ހދ އަތޮޅު ހެލްތް ސާވިސަސް ގުޅިގެން ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިފަިވާ މި ސްކްރީން ޕްރޮގްރާމުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 400 ފަރާތަށެވެ.
ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ދެ ވައްތަރެއްގެ ޓެސްޓް ހެދުމަށް ހަމަޖެހިފައިވާއިރު، ވިޝުއަލް އިންސްޕެކްޝަން ވިތް އެސެޓިކް އެސިޑް (ވީއައިއޭ) ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50-30 އަހަރާ ދެމެދު އަންހެނުންނެވެ.
މިޕްރޮގްރާމުގައި ނަން ނޯޓް ކުރުމަށް ހަމަޖެހިފައިވަނީ 8 ޖެނުއަރީން ފެށިގެން 15 ޖެނުއަރީއައި ދެމެދުގައެވެ. ރަސްމީ ގަޑީގައި އައިޑީ ކާޑު ހިފައިގެން ޕަބްލިކް ހެލްތް ޔުނިޓަށް ދުރުވެ ނުވަތަ 6527011 ނަންބަރު ފޯނަށް ގުޅައިގެންވެސް ނަން ނޯޓް ކުރެވޭނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އަދި މީގެއިތުރުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އަންނަ މާރޗުމަހު ކުޅުދުއްފުށީގައި ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމުގައި ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 20 އަހަރުން މަތީގެ އަންހެނުންނެވެ.