އެންމެ ރަނގަޅު ޙައްލަކީ މީޓަރު ހަރުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެންމެ ރަނގަޅު ޙައްލަކީ މީޓަރު ހަރުކުރުން!

ޓެކްސީ ދަތުރުކުރުމުގެ އަގު ކަނޑައެޅުމާއި ބެހޭ ގޮތުން ޚިޔާލު ހޯދަން މިރޭ ކުރިއަށް ގެންދިއަ ފޯރަމްގައި ވާހަކަ ދެއްކި ބައެއް މީހުން ބުނީ މައްސަލައަށް ހައްލު ހޯދަން އެންމެ ރަނގަޅު އެއްގޮތަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުން ކަމަށެވެ. 

ވާހަކަ ދެއްކި ބައެއް މީހުން ބުނީ ހުޅުމާލެ އަށާއި ހުޅުލެއަށް މިހާރު ހަމަޖައްސާފައިވާ އަގު ތަންކޮޅެއް ކުޑަ ކަމަށާއި ނަމަވެސް ދަތުރަކަށް 100 ރުފިޔާ މާ ބޮޑު ކަމަށެވެ. ޓެކްސީތައް ހުހަށް ދަތުރުކުރަން ނުޖެހޭ ކަމަށާއި ދަތުރުތަކުގައި އެކަކަށްވުރެ ގިނަ މީހުން އަރުވައިގެން ދުއްވާތީ ވަރަށް ބޮޑު ފައިދާއެއް ޑްރައިވަރުންނަށް ލިބެމުންދާކަންވެސް ބައެއް މީހުން ފާހަގަކުރިއެވެ. 

ޓެކްސީ ދުއްވުމުގައި އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހެނީ ޕެޓްރޯލަށް ކަމަށްވާއިރު ސަރަހައްދަށް ބެލި ނަމަވެސް ޕެޓްރޯލުގެ އަގު އެންމެ ހެވީ ރާއްޖޭގައިކަންވެސް  ބައެއް މީހުން ފާހަގަ ކުރިއެވެ. 

ޑްރައިވަރުންގެ ފަރާތުން ވެސް ގިނަ މައްސަލަތަކެއް ފާހަގަކުރިއެވެ. އެގޮތުން ޕާކުކުރާނެތަން ނުލިބުމާއި ސްޕެއާޕާޓްގެ އަގު ބޮޑުކަމާއި ދިރިއުޅުމުގެ ޚަރަދު ބޮޑުކަން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ.

މިރޭގެ ބައްދަލުވުމަކީ ޚިޔާލު ހޯދަން ބޭއްވި ބައްދަލުވުމެއް ނަމަވެސް ޢާންމުން ޚިޔާލުފައުޅުކުރަމުން ގެންދިއައިރު ބައެއް ޑްރައިވަރުން އަޑުގަދަކުރުން ފަދަ ކަންކަން ކުރިއެވެ. އެހެންކަމުން ބައެއް ޑްރައިވަރުންގެ އަޚްލާޤީ މައްސަލަތައް އެބަހުރިކަން ބައެއް މީހުން ވެސް ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން