ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޑީން އަކަށް ޑރ. ފަޒީލާ އައްޔަނު ކޮށްފި

ކިޔުމަށް ހޭދަވާނީ 56ސ
ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޑީން އަކަށް ޑރ. ފަޒީލާ އައްޔަނު ކޮށްފި

ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޑީން އަކަށް ޑރ. ފަޒީލާ ވަހީދު މިއަދު އައްޔަނު ކޮށްފިއެވެ. 

ޑރ. ފަޒީލާ އަކީ 2016 ވަނަ އަހަރު ޔުނިވާރސިޓީ އޮފް ވެސްޓާރން އޮސްޓްރޭލިއާ ގައި ހެލްތު ސާވިސް މެނޭޖްމެންޓުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭކަނބަލެކެވެ. 

މިދާއިރާއިން އެންމެ ފުރަތަމަ ޑރ. ފަޒީލާ ކިޔަވާ ދެއްވީ އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސް ގައެވެ. 

ފެކަލްޓީ އޮފް ހެލްތު ސައިންސް ގެ ޑީން ކަމުގެ މަގާމުގެ ލިޔުން ޑރ،. ފަޒީލާ އާއި ހަވާލުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ޤައުމީ ޔުނިވާސިޓީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އެޔުނިވާރސިޓީގެ ވައިސް ޗާންސެލާރ ޑރ. އަލީ ފަވާޒް ޝަރީފް އެވެ. 

ޑީން ކަމުގެ މަގާމު މިއަދު ޑރ. ފަޒީލާ އާއި ހަވާލު ކުރެވިފައިވާއިރު، އެކަމަނާ މީގެ ކުރިން ހުންނެވީ އެޔުނިވާރސިޓީގެ ރިސާރޗް ޑިޕާޓްމެންޓުގައެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން އެކަމަނާ އަންނަނީ ޤައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރައްވަމުންނެވެ.

މިއަދު އޮންލައިން