ފުވައްމުލަކު ސިޓީގެ މިސްކިތްތަކާއި ޤަބުރުސްތާނު ބެލެހެއްޓުން ފުވައްމުލަކު ސީޓީ ކައުންސިލާއި މިއަދު ޙަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ނައިބް އަޙްމަދުﷲ ޖަމީލް މިއަދު ވިދާޅުވީ މާދަމާ ހެނދުނުގެ ވަގުތެއްގައި އައްޑޫ ސީޓީއަށް ވެސް ވަޑައިގަންނަވާނެ ކަމަށާއި އައްޑޫ ސިޓީގައި ހުރި މިސްކިތްތަކާއި ޤަބުރުސްތާނުތައް ބެލެހެއްޓުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ޙަވާލުކުރައްވާނެ ކަމަށެވެ.
ސިޓީ ކައުންސިލްތަކާއި ހަވާލުކުރައްވަމުން ގެންދަވަނީ އެތަން ބެލެހެއްޓުމުގެ މަސައްކަތެވެ. އިމާމުން ކަނޑައެޅުމާއި މިސްކިތުގައި ހިންގާ އިތުރު ހަރަކާތްތައް (ޤްރްއާން ކްލާސް ހިންގުން، ދަރުސް ދިނުން ފަދަ ކަންކަން މިހާރުވެސް ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީންނެވެ.