ތަފާތު ގިނަ ދާއިރާތަކަކުން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނޮވެލްޓީ ޢަލީ ޙުސައިން (ވާރޭވިލާ/ ޢަލީ ޙުސައިންގެ ހަށިކޮޅު ފަސްދާނުލައިފިއެވެ.
ކަށުނަމާދުކުރުން އޮތީ މިއަދުގެ މަޣްރިބް ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައެވެ. ކަށުނަމާދުގައި އެތައް ސަތޭކަ ބައަކު ބައިވެރިވިއެވެ. އެއިގެ ތެރޭގައި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ރާއްޖޭގެ އެންމެ އިސް ބައެއް ވިޔަފާރިވެރިންވެސް ހިމެނިވަޑައިގެންނެވިއެވެ.