ލިޔުނީ: ޒިދާން މުހައްމަދު
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން (މޯލްޑިވިއަން އެއާލައިން) އިން ޑޮމެސްޓިކް ދަތުރުތަކަގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް، ހެޔޮ އަގުގައި ޓިކެޓް ވިއްކަން ފަށައިފިއެވެ.
ޓްރާންސްޕޯޓް އެން ސިވިލް އޭވިއޭޝަން މިނިސްޓްރިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން ނިންމަވާ އަގުތައް އިއުލާންކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ. އަދި އެ އަގުތަކަށް ޓިކެޓް ވިއްކަން މޯލްޑިވިއަނުން ފަށާފައި ވަނީ މިއަދުއެވެ. މިކަން މިއަދު އައިލެންޑް އޭވިއޭޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން މެނޭޖަރު (ޕީއާރުއެމް) މޫސާ ވަސީމް (މޫސަ) ވަނީ އިއުލާން ކުރައްވާފައެވެ.
އެހެންކަމުން، މިއަދުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓުތައް ވިއްކާނެ އަގުތައް ތިރީގައި އެވަނީއެވެ.
މާލެ - ހަނިމާދޫ - މާލެ: 1،610ރުފިޔާ އާއި 2،226ރުފިޔާ އާ ދެމެދު.
މާލެ - ދަރަވަންދޫ - މާލެ: 1،098ރުފިޔާ އާއި 1،562ރުފިޔާ އާ ދެމެދު.
މާލެ - ކުޑަހުވަދޫ - މާލެ: 1،500ރުފިޔާ އާއި 2،056ރުފިޔާ އާ ދެމެދު.
މާލެ - އިފުރު - މާލެ: 1،500ރުފިޔާ އާއި 2،056ރުފިޔާ އާ ދެމެދު.
މާލެ - ތިމަރަފުށި - މާލެ: 1،610ރުފިޔާ އާއި 2،226ރުފިޔާ އާ ދެމެދު.
މާލެ- ކޫއްޑޫ - މާލެ: 1،652 ރުފިޔާ އާއި 2،442ރުފިޔާ އާ ދެމެދު.
މާލެ - ކާޑެއްދޫ - މާލެ: 1،652 ރުފިޔާ އާއި 2،442 ރުފިޔާ އާ ދެމެދު.
މާލެ - ކައްދޫ - މާލެ: 1،610 ރުފިޔާ އާއި 2،226ރ. އާ ދެމެދު.
މާލެ - ފުވައްމުލަށް - މާލެ: 1،698 ރުފިޔާ އާއި 2،598 ރުފިޔާ އާ ދެމެދު.
މާލެ - ގަން - މާލެ: 1،698 ރުފިޔާ އާއި 2،598 ރުފިޔާ އާ ދެމެދު.
މީގެ އިތުރުން، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ވައުދުވެވަޑައިގެން ކަމެއްކަން ފާހަގަކޮށްލެވެއެވެ.