ދިއްފުށީގަ ޗުއްޓީ ހޭދަކުރަމުން ދިއަ ފިލިޕީންސްގެ 2 ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ. މައުލޫމާތު ލިބޭ ގޮތުން މަރުވީ 30 އަހަރުގެ އަންހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ.
މިދެމީހުން ގެނބުނު ކަމަށް މައުލޫމާތު ލިބިފައިވަނީ ދިއްފުށްޓާއި މީރުފެންފުށްޓާއި ދެމެދަށެވެ. އެ ސަރަހައްދަކީ ބައެއް ދުވަސް ދުވަހު ވަރަށް ބާރަށް އޮއިދަމާ ސަރަހައްދެކެވެ.
އެހެންކަމުން ދިއްފުށީ ތުނޑި ސަރަހައްދަށް މޫދަށް އެރިއުޅޭ ފަތުރުވެރިންގެ ސަލާމަތާއިބެހޭ ކަންކަން ބަލަހައްޓަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމުކަން ފާހަގަކުރެވެއެވެ.
ފަތުރުވެރިން މޫދަށް އެރޭއިރު ސަލާމަތީ ކަންކަން ބަލަހައްޓަން ލައިފްގާޑުން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީން ގެންދަނީ އިލްތިމާސްކުރަމުންނެވެ. ދިއްފުށީ ކައުންސިލުން ބުނީ މައްސަލަ ފުލުހުން ތަޙްޤީޤް ކުރަމުން ގެންދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.