ނިވައިރޯޅިގެ ފަހު ޝޯތައް އޮލިމްޕަހަށް!

ކިޔުމަށް ހޭދަވާނީ 59ސ
ނިވައިރޯޅިގެ ފަހު ޝޯތައް އޮލިމްޕަހަށް!

ލިޔުނީ: ޒިދާން މުހައްމަދު 

މިމަހުގެ ކުރީކޮޅު ނެރުނު ދިވެހިފިލުމު "ނިވައިރޯޅި"ގެ ފަހު ޝޯތައް އޮލިމްޕަސް ސިނަމާގައި ދައްކަން ނިންމައިފިއެވެ. ނިވައިރޯޅިއަކީ  މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ފިލްމުކުޅުން ހުއްޓާލުމުގެ ގޮތުން އުފެއްދި ފިލްމެކެވެ. 

މައުލޫމާތުލިބިފައިވާ ގޮތުން، މި ހަފްތާގެ ބަންދުގެ އިތުރުން އަންނަ ހަފްތާ ބަންދުގައި ވެސް މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ދައްކާ ގޮތައް ވަނީ ހަމަޖެހިފައެވެ. އަދި މިއީ މި ފިލްމު ސިނަމާތަކުން ފެންނާނެ އެއްމެ ފަހު ޝޯތައްކަން ވެސް ފާހަގަކޮށްލަމެވެ. އެއަށްފަހު މި ފިލްމު ސިނަމާތަކުގައި ދެއްކުން ނިމުނީއެވެ. 

މި ޝޯތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް، މިހާރު އޮލިމްޕަހުގައި ދަނީ ޓިކެޓް ވިއްކަމުންނެވެ. 

މި ޝޯތަކާއެކު ނިވައިރޯޅި މާލޭގެ ސިނަމާތަކުން ގެއްލުނު ނަމަވެސް، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މި ފިލްމު އެޅުވުމުގެ ފުރުސަތު އެބައޮތެވެ. ފިލްމު އަޅުވަން ބޭނުންވާ ރަށްރަށުން ނިވައިރޯޅީގެ ރަސްމީ ފޭސްބުކް ޕޭޖަށް މެސެޖެއްގެ ޒަރިއްޔާއިން އަންގާލަ ދެއްވާށެވެ.

މިއަދު އޮންލައިން