ސިވިލް ކޯޓަށް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 41ސ
ސިވިލް ކޯޓަށް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަނީ ގދ. ހޯޑެއްދޫ / މެޑޯޒް، ޢަބްދުﷲ ރިފްޢަތު (42އ) އެވެ.

ޢަބްދުﷲ ރިފްޢަތު ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖަނަވަރީ 16 ވަނަ ދުވަހުގެ 13:15ށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންއެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442ށް ގުޅާ ހިއްސާކުރުމަށް އެދެއެވެ. 

މިއަދު އޮންލައިން